Logo
image for article

    ޖަލަށް ފޯނު ވެއްދީ ފުރަގަސްފަރާތުގައި ފޮރުވައިގެން: ލީވާން އާއި ޝަހުޒާންގެ "ނޮކިއާ" އޮޕަރޭޝަން ފަޅާއަރައިފި!

                     

    މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ލީވާން އާއި ޝަހުޒާން، އެމީހުންގެ ފުރަގަސްފަރާތުގައި ފޮރުވައިގެން ޖަލަށް ފޯނެއް އެތެރެކުރި މައްސަލައެއް ފަޅާއަރައި، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ލީވާން އާއި ޝަހުޒާން މިހާރު ވަނީ އެމީހުން ތަންފީޒު ކުރަމުންދިޔަ ހުކުމުގެ މުއްދަތު ހަމަވެ، ހުކުމް ތަންފީޒުކޮށް ނިމިފައެވެ.

    ޖަލުން ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޖަލަށް އެތެރެކުރި މި ފޯނަކީ ނޮކިއާ ބްރޭންޑުގެ ކުޑަ ފޯނެކެވެ. މި ފޯނު ޖަލާ ހަމައަށް ގެނައީ ލީވާން ކަމަށާއި، ނަމަވެސް ޖަލުގެ ސަލާމަތީ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ފޯނު އެތެރެކޮށްފައިވަނީ ފުރަގަސްފަރާތުގައި ފޮރުވައިގެން ކަމަށް އޭނާ ކިޔައިދިނެވެ.

    މި މައްސަލަ ފަޅާއަރާފައިވަނީ ޖަލުގެ އޮފިސަރުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ލީވާން އާއި ޝަހުޒާންގެ އަތުން ފޯނު ފެނުމާ ގުޅިގެން، ޖަލުގެ ސަލާމަތީ އުސޫލުތަކުގެ ދަށުން އެ ދެ މީހުން ވަނީ އެކަހެރި ދެ ގޮޅިއަށް ބަދަލުކޮށްފައެވެ.

    ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިއީ ޖަލަށް މަނާ ތަކެތި ވެއްދުމަށް ގައިދީން ބޭނުންކުރާ ވަރަށް ނުރައްކާތެރި އުކުޅެކެވެ. އެހެންކަމުން މި މައްސަލަ މިހާރު ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައެވެ. އެމީހުންގެ އަސްލު ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް، ޖަލަށް މަނާ އެއްޗެއް އެތެރެކުރި މައްސަލައިގައި ގާނޫނީ ގޮތުން ކުރިއަށްދާންޖެހޭ ތަހުގީގުތައް ދަނީ ކުރިއަށެވެ.

    ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ފަދަ މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.