Logo
image for article

    ނަޝީދު ހޮވަން ފައްޔާޒު ފެށި 2000 ރުފިޔާގެ "ރިޝްވަތު" ކެމްޕެއިނާއެކު ޕާޓީ ބޮޑު ކޯޅުމެއްގެ ތެރެޔަށް

    އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑު ފިތުނަވެރިކަމާއި ކޯޅުންގަނޑު އާ ހަރުފަތަކަށް ގޮސް، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންނަން ފައްޔާޒު އިސްމާޢީލް އިސްވެ ހުންނަވައިގެން ފައިސާގެ ވަރުގަދަ "ޖަރީމާއެއް" ފަށްޓަވައިފިއެވެ.

    ލިބިފައިވާ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ކެމްޕެއިންގެ ދަށުން ޕާޓީގެ މެމްބަރުންގެ ވޯޓު ގަތުމަށްޓަކައި ކޮންމެ މެމްބަރަކަށް 2000 ރުފިޔާގެ ރޭޓުން ފައިސާ ބަހަން ފައްޔާޒު ވަނީ ފަށްޓަވާފައެވެ. މި ހުތުރު އަމަލަކީ ރައީސް ނަޝީދުގެ ފުރިހަމަ ރޭވުމާއި ތާއީދާއެކު ހިންގާ ކަމެއް ކަމަށްވާއިރު، މިއީ ޑިމޮކްރަސީގެ ނަމުގައި އާންމު މެމްބަރުންގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، ފައިސާ ދީގެން ނަޝީދަށް ޕާޓީގެ ބާރުތައް ހޯދައިދިނުމަށް ހިންގާ ރޭވުންތެރި ހަރަކާތެކެވެ.

    މި އިންތިޚާބުގައި ނަޝީދު ވާދަކުރައްވަން ނިންމެވި ހިސާބުން، ޕާޓީގެ ތެރޭގައި ވަނީ ބޮޑު ދެބަސްވުމެއް އުފެދިފައެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ވެސް ވަނީ ނަޝީދާއި ފައްޔާޒުގެ މި އަމަލުތަކާމެދު ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފައެވެ. ރައީސް އިބޫގެ ފެކްޝަނުން ތުހުމަތުކުރާ ގޮތުގައި، ނަޝީދު ބޭނުންވަނީ ފައިސާ ބަހައިގެން ވެސް ޕާޓީގެ ތެރޭގައި އަމިއްލަ ބާރު ދައްކައި، ވަކި ބައެއްގެ މަންފާއަށް ޕާޓީ ބޭނުންކުރާށެވެ.

    މި ހުރިހާ ފިތުނައެއްގެ އަސްލު ސަބަބަކީ، ރައީސް ނަޝީދު ޗއާޕާސަން ކަމަށް އައިސްގެން ނޫނީ ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށާއި އެ ގްރޫޕަށް ނާޖާއިޒު ފައިދާއެއް ނުލިބޭނެތީއެވެ. އެހެންކަމުން، މެމްބަރުންގެ އިތުބާރު ހޯދުމުގެ ބަދަލުގައި، އެ މީހުންގެ ޖީބަށް 2000 ރުފިޔާ ވައްދައިގެން ޕާޓީގެ ކޮންޓްރޯލް ނަގަން ނަޝީދާއި ފައްޔާޒު މިވަނީ ޕާޓީގެ އަބުރު ކާލާފައެވެ.