Logo
image for article

    މޭޔަރު އާޒިމަށް ނަޝީދު ފެކްޝަނުގެ މީހަކު ހަމަލާދީފި

                        

    ރޭ މާލޭގައި އެމްޑީޕީން ބޭއްވި އިހުތިޖާޖުގެ ތެރެއިން، އެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދީފިއެވެ.

    މި ހާދިސާ ހިނގާފައިވަނީ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިންނެވެ. މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނަށް ނިސްބަތްވާ މީހަކު ވަނީ މޭޔަރު އާޒިމްގެ ކުރިމައްޗަށް އަރައި، އޭނާގެ މޭމަތީގައި އަތްއަޅައި ވަރަށް ބާރަށް ކޮއްޕާލާފައެވެ.

    މޭޔަރު އާޒިމަށް ދިން މި ހަމަލާއާ ގުޅިގެން، އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ މެދުގައި ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައެވެ. އާޒިމަށް ހަމަލާދިނުމާ ގުޅިގެން އެތަނަށް އެއްވެ ތިބި ބައެއް މީހުން ވަނީ ކޯފާވެ، ހަމަލާދިން މީހާގެ ގައިގައި ތަޅައި އަނިޔާކޮށްފައެވެ. މިއާއެކު، އިހުތިޖާޖުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުން މި ހާދިސާއިން ވަނީ ފާހަގަވެގެން ގޮސްފައެވެ.

    މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާއި ފެކްޝަންތަކުގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކުގެ ސަބަުންނެވެ