Logo
image for article

    ފިރިމީހާއަށް ވަގަށް ފުލުހަކު ގެއަށް ވެއްދީ އިމާރާތަކުން ވެއްޓުނު ޔުމްނުގެ ބޮޑުދައިތަ ރިޝާނާކަން ހާމަވެއްޖެ

    ފިރިމީހާ ޑިއުޓީއަށް ދިޔަ ވަގުތު ބަލައި، ފިރިމީހާއަށް ސިއްރުން ފުލުހަކު ގެއަށް ވައްދައިގެން އުޅުނު އަންހެނަކީ، މީގެ ކުރިން އިމާރާތަކުން ވެއްޓުނު ހާދިސާގައި މަޝްހޫރުވި ގަލޮޅު ރަނޯރާގޭ ޔުމްނުގެ ބޮޑުދައިތަ ރިޝާނާކަން ހާމަވެއްޖެއެވެ.

    މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޝާނާގެ ފިރިމީހާ ވަޒީފާގެ ޑިއުޓީއަށް ދިޔަ ވަގުތު ފުލުސް މީހާ ގެއަށް ވަދެ އޮތްކަން ފަޅާ އެރީ ރިޝާނާގެ ދަރިފުޅަށް ފެނުނު މަންޒަރަކުންނެވެ. އެގޮތުން، ގޭގެ ތެރޭގައި ބައްޕަގެ ބޫޓު ނޫން އެހެން މީހެއްގެ ބޫޓު ހުރިތަން ފެނުމުން، އެ ކުއްޖާ ވަނީ ވަގުތުން ބައްޕައަށް ގުޅައި އެކަން އަންގާފައެވެ.

    މިކަން ފަޅާއެރުމާއެކު، އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެ، ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި އެއްވި މީހުން ވަނީ ގެއަށް ވަދެ ފުލުސް މީހާ ބޭރަށް ނެރެ، އޭނާއަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. މި ހަމަލާތަކުގައި ފުލުސް މީހާއަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

    މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަނިޔާވި ފުލުސް މީހާއަށް އެ އަނިޔާ ލިބިފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ. އަދި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

    ގަލޮޅު ރަނޯރާގޭގެ މީހުންނަކީ މީގެ ކުރިންވެސް ޕާޓީ ކުރުމާއި އެކި އެކި ކުށުގެ މައްސަލަތަކުގައި ތުހުމަތު ކުރެވިފައިވާ ބައެއްކަން ފާހަގަކުރެވެއެވެ.

    ފުލުހުން ބުނީ މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި، މިކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.