
ސެލޫނެއްގައި ހަމަނުޖެހުން ހިންގި ފުލުސްމީހާ ކޯޓުގައި ބުނީ އެކަންވީ ގިނަ ދުވަސްތަކެއް ނުނިދާ ބޮއެގެން ހުރުމުން ކަމަށް!
ސެލޫނެއްގައި ހަމަނުޖެހުން ހިންގުމަށް ފަހު ފުލުހަކު "ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން، އެ ދުވަހު ހުރީ ހަމައިގައި ނޫން" ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރު ކުރ ީސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ) އެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުުކުރު ދުވަހެެވެ.
އޭނާ ވަނީ ހާދިސާ ހިނގި ސެލޫނަށް ދިޔަ ފުލުހަކާ ވެސް ކުރިމަތިލައި، މާރާމާރީ ހިންގައި، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައެވެ.
އޭނާ އިއްޔެ ކްރިމިނަލް ކޯޓުގައި ބުނީ އޭނާއަކީ ކުރިންވެސް އެތަނަށްދާ މީހެއް ކަމަށާއި، ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން އެ ދުވަހު ހުރީ ހަމައިގައި ނޫން ކަަމަށެވެ.
އަދި އޭނާ އެތަނުގެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށާއި ފުލުހުން އޭނާ ހުއްޓުވަން އުޅުމުން ގަދަ ދައްކައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށްވެސް އަނިޔާ ލިބިފައިވާ ކަމަށްވެސް މި މައްސަލަ ބަލާ އައިއޯ ކޯޓުގައި ބުނެފައި ވެއެވެ.
ފުލުހުންގެ މުވައްޒަފެއްގެ މައްޗަށް މިފަދަ ޖިނާއީ ތުހުމަތެއް ކުރެވި، ހައްޔަރުކުރުމާ ގުޅިގެން، އޭނާ ވަނީ ހޮނިހިރު ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައެވެ.
