
މާލެ އިން ގޯތި ދިނުމުގައި ބަަލާ ފަސް އަހަރުގެ ރަށްވެހިކަމުގެ މުއްދަތު ކުރު ކުރެވޭތޯ ބަލަނީ
މާލެ އިން ގޯތި ދިނުމުގައި ބަަލާ ފަސް އަހަރުގެ ރަށްވެހިކަމުގެ މުއްދަތު ކުރު ކުރެވޭތޯ ބައްލަވާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހެންވޭރު ރައްޔިތުންނާއި ބައްދަލުކުރައްްވަން ކަލާފާނު ސްކޫލްގައި ބޭއްވި އިވެންޓްގައި މާލެ އިން ގޯތި ދިނުމުގައި ބަަލައި، ފަސް އަހަރުގެ ރަށްވެހިކަމުގެ މުއްދަތާ ގުޅޭ ވާހަކަތަކާއި ގުޅުވައިގެން ރައީސް ވިދާޅުވީ، އެކަމާއި އީޖާބީ ގޮތެއްގައި، ފައްސިކޮށް ވިސްނަވާނެ ކަމަށެވެ. އަދި އެކަމާ ވިސްނެވުމަށް ފަހު، ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދެއްވައި، އެ މުއްދަތު ކުރެވޭ އެންމެ ބޮޑަކަށް ކުރު ކުރެވޭތޯ ބައްލަވާނެ ކަމަަށް ރައީސް ވިދާޅުވިއެވެ.
"އެކަމާ އީޖާބީ ގޮތެއްގައި ޕޮޒިޓިވްކޮށް، ވިސްނާން، ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރު ކުރެވޭނެ އެންމެ ބޮޑަކަށް، ހަމަ އެއްކޮށް އުވާވެސް ލެވިދާނެ،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި އެއަށް ގެެނެވޭނެ ބަދަލަކީ ކޮބައިތޯ އެމަނިކުފާނު ބައްލަވާނެއެވެ.
"ބަލާފައި އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދޭން، ފްލެޓްތަކަށް ކުރިމަތިލާން، ގޯތިތަކަށް ކުރިމަތިލާން، އެހެންވީމަ ރައްޔިތުން ތި ފާހަގަކޮށްދޭ ކަންކަމަކީ، ކުރައްވަމުންގެންދަވާ، ވަރަށް މުހިންމު ވަރަށް ބިނާ ކުރަނިވި ވަރަށް ރަނގަޅު ވާހަކަތަކެއް ހުރިހާ ބޭފުޅުން ފާހަގަކުރެއްވީ،".
ރައީސް ވިދާޅުވީ، މިފަަދަ ކޮންމެ ކަމަކަށް ރަނގަޅު ހައްލެއް ގެނައުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވާނެ ކަަމަށެވެ.
