Logo
image for article

    ބިސްކޯދު ބޮނޑިއެއް ވަގަށްނެގި މީހެއްގެ ބަންދަށް 10 ދުވަސް

    ބިސްކޯދު ބޮނޑިއެއް ޖިންސު ތެރެއަށް ލައި، ވައްކަން ކުރި މީހަކު ދިހަ ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 43 އަހަރުގެ މީހެކެވެ.

    ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާ ފުލުހުންނާ ހަވާލުކުރީ ބިސްކޯދު ބޮނޑިއެއް ޖިންސް ތެރެއަށްލާތަން ފިހާރައިގެ ކެމެރާއިން ފެނިގެން ކަމަށެވެ.

    މި މައްސަލައިގައި ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ކޯޓުގައި ހައްޔަރުކުރި މީހާ ވަނީ ބުނެފައެވެ.

    ނަމަވެސް ކަސްޓޯޑިއަލްއިން ފޯނު ކޯލް ފުރުސަތު ދިނުމުން، ކޯލްކުރަން ބޭނުންނުވާ ކަމަށް އެމީހާ ބުނިކަމަށް އަމުރުގައިވެއެވެ.

    ހައްޔަރު ކުރިމީހާއަކީ ބަންދުގެ ރިކޯޑު އޮތް މީހެކެވެ.