Logo
image for article

    މާލޭ މީހުންނަށް އެމްޑީޕީން ބަހާލި ގޯތި ހޯދަން ބޭއްވި ބޮޑު މުޒާހަރާ ޗޮކުން، ޖަލްސާގައި ތިބިމީހުން ލަދުން ދެފައި ކާރިނުވޭ!

    މަގުތައް ހަލަބޮލިކުރަންވެގެން އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ބޮޑު އެއްވުމަށް އެންމެ 48 މީހުން ދިއުމުން ޗޮކުން ގޮއްސިއެވެ.

    މި އެއްވުމަކީ، ބޯހިޔާވަހިކަމަށް އިހުމާލުވެފައިވާތީ ކަމަށްބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އިން ގިނަ ދުވަސްތަކެއް ވަންދެން ޕްރޮމޯޓް ކުރުމަށް ފަހު ބޭއްވި އެއްވުމެކެވެ. އެމްޑީޕީއަށް ތާއިދުކުރާ ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް އެއްވުމުގައި ބައިވެރިވާކަން އޮތީ އިއުލާން ކޮށްފައެވެ. ނަމަވެސް އާއްމުންގެ ތާއީދެއް އެއްވުމަށް ނުލިބުނެވެ.

    މިވީގޮތަކީ އެމްޑީޕީގެ ވެރިކަމުގަ ނުހައްގުން މާލޭގެ ވަކި ބަޔަކަށް ބިންދީފަ އެމީހުންގެ ހައްގު ހޯދަން ނުކުތުމުން މިކަމާ ވާނެ ބަޔަކުނުވީއެވެ. ރޭގެ ޖަލްސާގައި އެމްޑީޕީ އިސްވެރިން ތިބީ ލަދުން ދެފައި ކާރިނުވެފައެވެ. މި ޚަބަރު ލިޔާމީހާވެސް ލިޔުނި ހަމަ ވަރަށް ލަދުން އިނދެއެވެ.