
ޔާމީނުގެ ދަރި އަތުން ޕާޓީ ޖަހައިގަނެފި
ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ރައީސްކަމުގެ މަޤާމުގައި ހުރި ޔާމީނުގެ ދަރި ޒޭން އަތުން ޕާޓީ ޖަހައިގަނެ އެމަގާމު ޔާމީނު އަތުލައިފިއެވެ.
ރޭ ބޭއްވީ އެ ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާގައި ޔަމީން އެ ޕާޓީގެ ރައީސްކަމަށް ހޮވުނީ ވޯޓަކާއި ނުލައެވެ. ޕާޓީގެ ރައީސްކަމަށް ކުރިމަތި ލީވެސް ޔާމީން އެކަންޏެވެ.
ރޭގެ ޖަލްސާގައި ވަނީ ޕާޓީގެ އިސް މަޤާމުތަކަށް ބޮޓުން އައްޔަންކޮށްފައެވެ. މިގޮތުން ޕާޓީގެ ނާއިބުރައީސުންގެ މަޤާމަށް އައްޔަންކުރީ ޔާމީންގެ ދަރި ޒޭން އާއި ކުރީގެ ނާއިބުރައީސް މުޙައްމަދު ޖަމީލުއެވެ. މި ދެމީހުން މަޤާމަށް ހޮވުނީ އިންތިޚާބަކާއި ނުލައެވެ.
މީގެ އިތުރުން ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް ޔާމީން ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި މަލީހު ޖަމާލު ހޮވުނުއިރު, ހަޒާންދާރަކަށް ހޮވުނީ އޭރުގެ ޗީފް އޮފް ސްޓާފް މުސްތަފާއެވެ.
