
ސަން ސިޔާމުގެ މީޑިއާއަށް ސަރުކާރުން އެންމެ 4.2 މިލިޔަން ރުފިޔާ!
ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ އެސްއެސްޓީވީ އަދި ސަން އޮންލައިން އަށް ސަރުކާރުން 4.2 މިލިޔަން ރުފިޔާގެ ސްޕޮންސަރ ދީފިއެވެ. އެއީ 1.3 މިލިއަން ރުފިޔާ އަދި އެސްއެސް ޓީވީއަށް 2.9 މިލިއަން ރުފިޔާއެވެ.
ދައުލަތުން މީޑިއާތަކަށް ދޭ ފައިސާ އެންމެ ގިނައިން ލިބޭ މީޑިއާއަކަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު މީޑިއާ އަށެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއް ޝަރުތު ހަމަވާ ކަން ވަނީ އިއުލާނުކޮށްފަ އެވެ. މި މީޑިއާތަކަށް ބަޖެޓުން ޖުމްލަ 28 މިލިއަން ދޫކުރާނެ ކަމަށް މީޑިއާ ހައުސް އިން ވަނީ ބުނެފަ އެވެ.
ވީޓީވީ - ތިން މިލިއަން ރުފިޔާ
ވީނިއުސް އެމްވީ- 1.1 މިލިއަން ރުފިޔާ
ވަން އޮންލައިނަށް 1.37 މިލިއަން ރުފިޔާ
ވޮއިސް އެމްވީ 1.36 މިލިއަން ރުފިޔާ
ދަ ޕްރެސް 1.34 މިލިއަން ރުފިޔާ
ދައުރު ނޫސް 1.3 މިލިއަން ރުފިޔާ
މިހާރު 1.29 މިލިއަން - އިނގިރޭސި އެޑިޝަންއަށް 1.17 މިލިއަން
ތިލަދުން 1.2 މިލިއަން ރުފިޔާ
އަދަދު ނޫސް 1.17 މިލިއަން ރުފިޔާ
ތީރު މީޑިއާ 1.14 މިލިއަން ރުފިޔާ
ދިޔަރެސް 1.1 މިލިއަން ރުފިޔާ
ގާފު އޮންލައިން އެއް މިލިއަން ރުފިޔާ
މާލްދީފް އޮންލައިން 899،197.77 ރުފިޔާ
