
އަނގަޔާ އަތާ ދިމާ ނުވާތީ ބުރުމާ ގާސިމުގެ މީޑިއާއަށް ސަރުކާރުން 3 މިލިއަން ރުފިޔާގެ އެހީއެއް!
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކުގެ ތެރެއިން 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާކަން ޔޫތު މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
މީގެ ތެރެއިން އެންމެ ހާލުގައި ތިބި މީޑިއާތަކުގެ ލިސްޓުގެ ކުރީގައި މަހުޖަނު ބުރުމާ ގާސިމްގެ ވީޓީވީ ހިމެނެއެވެ.
ޔޫތު މިނިސްޓްރީން ކުރިން ވިދާޅުވި ގޮތުގައި މި ފައިސާ ދޫކުރަނީ މީޑިއާތައް ބާރުވެރިކޮށް، މާލީ މިނިވަންކަން ހޯދައިދީ، ނުފޫޒުން އެއްކިބާކޮށް، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގައެވެ. ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ މިކަމަށް ވަކިކޮށްފައިވާއިރު، ފައިސާ ދޫކުރާ މީޑިއާތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ ތައުލީމީ ފެންވަރާއި، މިންތީގެ ހަމަހަމަކަމާއި، ތަޖުރިބާ ފަދަ ކަންކަމަށް ބަލައި ޕޮއިންޓްދޭ އުސޫލެއްގެ ދަށުންނެވެ.
އާންމުކުރި ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ދެވަނަ އަށް އެންމެ ގިނަ އިން ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އެ ޓީވީއަށް ތިން މިލިއަން ރުފިޔާ ލިބެއެވެ. ތިން ވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ އެސްއެސްޓީވީއަށެވެ. އެ ޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ.
މީޑިއާތަކަށްލިބުނުފައިސާގެތަފުސީލު:
ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާވީޓީވީ: 3 މިލިއަން ރުފިޔާއެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ
ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
ވަން އޮންލައިން: 1.37 މިލިއަން ރުފިޔާސަން އޮންލައިން: 1.33 މިލިއަން ރުފިޔާސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
މިހާރުގެ އިނގިރޭސި އެޑިޝަން: 1.17 މިލިއަން ރުފިޔާ
ތިލަދުން: 1.2 މިލިއަން ރުފިޔާ
އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
ދިޔަރެސް: 1.1 މިލިއަން ރުފިޔާ
ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
މާލްދީފް އޮންލައިން: 899,197.77 ރުފިޔާ
މި ލިސްޓުގައިވާ ގޮތުން ނަމަ، ހަމައެކަނި ސަންގު އަށް 5.1 މިލިއަން ރުފިޔާ ލިބެއެވެ. އަދި ބައެއް މީޑިއާތަކަކީ ގަވައިދުން ހިންގަމުން ނުދާ ނޫސްތަކެވެ.
