Logo
image for article

    ކައުންސިލަރ އިޝާންގެ އަބުރުކަތިލަން ޗެނަލް 13 އިން ރިޕޯޓުކުރި ޚަބަރު ކަސްޓަމްސް އިން ދޮގުކޮށްފި

    މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރ ރާއްޖެ އަށް ސިނގިރޭޓު އެތެރެކުރަން އުޅެނިކޮށް އެތަކެތި ހިފަހައްޓައިފި ކަމަށް ކަސްޓަމްސް އިން ބުނެފައިވާ ކަމަށް ރައީސް ޔާމީންގެ ޕްރޮޕެގެންޑާ ފަތުރާ ޗެނަލް 13 އިން ރިޕޯޓުކޮށްފައި ވަނިކޮށް އެފަދަ އެއްޗެއް ކައުންސިލަރ އިޝާންގެ ލަގެޖުން ނުވަތަ ދާގީނާ އަކުން ނުފެންނަކަމާއި، އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ކަސްޓަމްސް އިން ކަށަވަރު ކޮށްދީފިއެވެ.

    ކަސްޓަމްސް އިން އެކަން ކަށަވަރު ކޮށްދީފައި ވަނީ ޗެނަލް 13 އިން ފެތުރި ދޮގު ޚަބަރާއި ގުޅިގެން ކަސްޓަމްސްގެ ރަސްމީ ބަހެއް ހޯދުމަށް އެދި ކައުންސިލަރ އިޝާން ފޮނުވި ސިޓީ އަކާއި ގުޅިގެން ދިން ރަސްމީ ޖަވާބުންނެވެ. އެ ސިޓީގެ ކޮޕީ އެއް 'ރާކަނި' ބްލޮގް އަށް ވަނީ ލިބިފައެވެ.

    ރައީސް ޔާމީނުގެ ޗެނަލް 13 އިން ތަކުރާރުކޮށް އެކި ފަރާތްތަކުގެ އަބުރުކަތިލާ، ދޮގު މައުލޫމާތާއި ޚަބަރު ފަތުރާ، މީހުންގެ އަބުރު ކަތިލާ މައްސަލަ ވަނީ ވަރަށް ބޮޑު ވެފައެވެ. ޗެނަލް 13 އިން އަންނަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ނަމުގައި ވެރިކަމަށް ފެންބޮވައިގަނެފައިވާ ޔާމީނު ޕްރޮމޯޓްކުރުމަށް ކޮންމެ ރެއަކުހެން އެކި ވައްތަރުގެ 'ގަމާރުން' އެ ޗެނަލްގެ ޕްރޮގްރާމް ތަކަށް އަރުވާ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނާއި މެދު ބޮޑެތި ބުހުތާނު ދޮގުތައް ހަދަމުންނެވެ.