
ކުޑަކުދިންނަށް ބުލީ ކުރާ މަންދީ ސިވިލް ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފައްދަން މަސައްކަތް ފަށައިފި!
ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު އަށް ބުލީ ކުރި ސެކިއުލާ ޕާޓީ އެކްޓިވިސްޓު މަންދީ އާއި އެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނިންމުމުން އެކަމާއި ތުންދަމާ ބޮޑާހާކާ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އެމްޑީޕީ އަކީ މީގެ ކުރިންވެސް ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވާ ފަނޑިޔާރުންނަށް ބިރުދައްކަން ތަކުރާރު ކޮށް މަސައްކަތް ކޮށްފައިވާ ޕާޓީއެކެވެ. ނިމިދިޔަ އެމްޑީޕީ ވެރިކަމަކީ މި ފަހުގެ ތާރީޚުގައި ރާއްޖޭގެ ކޯޓުތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވި ދައުރެވެ. އެދޭ ގޮތަށް ހުކުމް ނުކޮށްގެން އެމްޑީޕީ އިން ވަނީ 5 އަހަރު ތެރޭ 8 ފަނޑިޔާރަކު ވަކިކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށް، 3 ފަނޑިޔާރަކު ވަކިކޮށްފައެވެ. މީގެ އިތުރުން 55 ފަނޑިޔާރަކާއި މެދު ވަނީ ސުލޫކީ ފިޔަވަޅު އަޅާފައެވެ.
މަންދީ، ފައްޔާޒް އަދި އެމްޑީޕީގެ ފަރާތުން ކުޑަކުދިންނަށް އަމާޒުކޮށް ބުލީ ކުރި މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ހައިކޯޓަށް މި މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.