Logo
image for article

    އެޢާޕޯޓުގައި ކަދުރު ރުއް ޖެހުމުން ލާދީނީ ބައިގަނޑު ކޮށިއަރައިފި

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ހުޅުވާ އާ ޓާމިނަލް ކުރިމަތީގައި ޒަމާނުއްސުރެން ދިވެހިން ގަޔާވާ ހިތްގައިމު ކަދުރު ރުއް ޖަހައިގެން އެމްޑީޕީ އާއި ޔާމީންގެ ބޮނޑިބަތް ޕާޓީގެ އެކްޓިވިސްޓުން ރުޅިގަދަވެ އެވެރިންގެ ޖަޒުބާތުތައް ސޯޝަލް މީޑިއާ އަށް ބަންޑުން ކޮށްލާ، ބޮޑާހާކާ، އެތައް ބަޔަކާ ޒުވާބު ކޮށްފިއެވެ.

    އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބޮނޑިބަތް ޕާޓީގެ އެކްޓިވިސްޓުން "ދައުވާ" ކުރާ ގޮތުގައި ޓާމިނަލް ކުރިމަތީ ކަދުރު ރުއް ޖެހުމަކީ ދިވެހިންގެ ދިވެހި ވަންތަކަމަށް އަސަރު ކޮށް، ދިވެހި ސަގާފަތާއި އާދަކާދަ އަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެެވެ. އެމްޑީޕީ އާއި ބޮނޑިބަތް ޕާޓީގެ އެކްޓިވިސްޓުން އެކަމަށް "ދައުވާ" ކުރެޔޭ އަޅުގަނޑު މި ބުނަނީ، މިހެން ނުބުނެ، އިދިކޮޅު ސިޔާސީ "ބޯވަތައް" މި ދައްކަމުން އަންނަ ތާކުންތާކު ނުޖެހޭ ވާހަކަތަކަށް މާނަ ކުރާނެ އިތުރު ގޮތެއް ނުވިސްނުނީމައެވެ.

    ލޫކަސް ޖަލީލާއި ބޮނޑިބަތް މަލީހަށް ސަރުކާރުން ޓަމިނަލެއްގެ ދޮރުމަތީ ޖަހާލާ ކަދުރު ރުކަކުން ދިވެހިންގެ ދިވެހި ވަންތަކަމަށް އަސަރު ކުރާނެކަމަށް ދެކޭނަމަ، ދިވެހި ވަންތަކަން ހިމާޔަތް ކުރުމަށް އެ ދެމީހުންވީ ލާން ގެންގުޅޭ ފޮތި ޖަނގިޔާތައް އުކާލާ ދިވެހި ރުކުގެ އިލާ އިން ގަތާފައި ހުންނަ ދިވެހި ސަގާފަތާއި ރައްޓެހި ޖަނގިޔާ ލާންށެވެ. ދިވެހިވަންތަކަން ހިމާޔަތް ވަނީ ހަމައެކަނި ދިވެހި ރުކުން ނަމަ، ލޫކަސް ޖަލީލާއި ބޮނޑިބަތް މަލީހު ވީ އެ ދެމީހުން ބޭނުން ކުރާ ފާޚާނާ ތަށިތައް އުކާލާ ގަޟާހާޖާ ކުރުމަށް ދިވެހި ރުކުގެ ބުޑު ކަނޑައިގެން ހަދާފައިވާ ފާޚާނާ ތަށި ބޭނުންކުރާށެވެ.

    ދިވެހިވަންތަކަން ހިމާޔަތް ވަނީ ހަމައެކަނި ދިވެހި ރުކުން ނަމަ، ލޫކަސް ޖަލީލާއި ބޮނޑިބަތް މަލީހު ވީ އެ ދެމީހުންގެ ލާ އަންނައުނު އުކާލާ ދިވެހި ރުކުގެ ފަން ކަނޑައިގެން އެއިން ކަނޑިކި ބަނދެގެން ލައިގެން ތިބެންށެވެ. ދިވެހިވަންތަކަން ހިމާޔަތް ވަނީ ހަމައެކަނި ދިވެހި ރުކުން ނަމަ، ލޫކަސް ޖަލީލާއި ބޮނޑިބަތް މަލީހު ވީ އެ ދެމީހުން ބަލިވާ ކޮންމެ ފަހަރަކު ރުކުގެ މުލުން ރުއްގަލު ބޭސް ހަދާ އޭގެން ތެޔޮވަށައިގެން ގައިގާ ލައިގެން ބަލި ރަނގަޅުވާނެ ކަމަށް އުންމީދު ކޮށްގެން ތިބޭށެވެ. ސޯޝަލް މީޑިއާގައި ބޯވައެއްހެން އިރުއިރުކޮޅާ ކުަލަ ބަދަލު ކުރިޔަސް ލޫކަސް ޖަލީލާއި ބޮނޑިބަތް މަލީހުގެ އަމިއްލަ ދިރިއުޅުމަށް ބަލާލާއިރު ފެންނަނީ ދިވެހި އުފެއްދުން ތަކަށް ވުރެެން ގިނައިން ބޭރު ގައުމުތަކުގެ އުފެއްދުންތައް ބޭނުންކޮށް އުޅޭ ތަނެވެ. ދިވެހި ބަސްތަކަށް ވުރެން ގިނައިން ބޭރު ބަސްތައް ބޭނުންކުރާތަނެވެ.

    ދިވެހި ގައުމިއްޔަތަށް ވުރެން ބޭރު ދުނިޔެ އާއި ދޮން މީހުން އުޅޭހެން އުޅެން ބޭނުންވާ މީހުންގެ ފަހަތުން ބުމަރެއްހެން އެނބުރެމުންދާ ތަނެވެ. ދިވެހިވަންތަކަމާއި ސަޤާފަތް ހިމާޔަތްކުރަން އެހާ ބޭނުންވާނަމަ، ލޫކަސް ޖަލީލާއި ބޮނޑިބަތް މަލީހުމެން ރާއްޖޭގައި ގެސްޓުންނަށް ބަނގުރަލުގެ ބަދަލުގައި ރުކުރާ ވިއްކުމަށާއި، އޫރުމަހުގެ ބަދަލުގައި ވަޅޯމަސް ވިއްކުމަށް ގޮވާލުން މާ ސަބަބުވެރިވާނެއެވެ. ދިވެހިވަންތަ ކަމުގެ "ދައުވާ" ކުރަން ބޭނުން ކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ނަން ވެސް ހުންނަނީ ބޭރު ބަހަކުންނެވެ. ދިވެހި ވަންތަކަމަކީ ތިމާ ތާއީދު ކުރާ ސިޔާސީ ޕާޓީއަކުން ކަމެއް ހާސިލުކުރަން ބޭނުންވާ ކޮންމެ ދަނދިވަޅެއްގައި ކުރިއަށް ނެރެން ޖެހޭ ސިފައެއް ނޫނެވެ. ދިވެހިވަންތަކަމާއި އަމިއްލަވަންތަ ކަމަކީ އަހަރެމެން ދިވެހިންނަށް ލިބިފައިހުރި އަގު ނުކުރެވޭނެ ވަރު ބޮޑު ނިޢުމަތެކެވެ.