Logo
image for article

    8 އަހަރުން ނުނިމި އޮތް މަސައްކަތެއް އެންމެ ދޮޅު އަހަރުން މި ސަރުކާރުން ނިންމާލީ ކަމަށް ބުނެ 'މަލްޝާ' އިދިކޮޅު 'ހުތް' ކޮށްލައިފި!

    ރައީސް މުއިއްޒުގެ ދައުރު ފެށުން އިރު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތުން ނިމިފައި އޮތީ އެންމެ 54 އިންސައްތަ ކަމާއި، ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިހާރު މި ވަނީ އެންމެ ދޮޅު އަހަރުން މުޅި ޕްރޮޖެކްޓު ނިންމާލާފަ ކަމަށް ބުނެ އެއާރޕޯޓު ޓާމިނަލްގެ ކްރެޑިޓް ނަގަން އުޅޭ އިދިކޮޅު ފަރާތްތައް 'ހުތް' ކޮށްލައިފިއެވެ.

    މަލްޝާ އިދިކޮޅު ފަރާތްތައް 'ހުތް' ކޮށްލާފަ ވަނީ ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރި ޕޯސްޓެއްގައިއެވެ. މަލްޝާގެ ޕޯސްޓުގައި މިހާރު ބޭނުންކުރާ ޓާމިނަލް އަކީ 1960 ވަނަ އަހަރު އަޅާފައިވާ ޓާމިނަލެއް ކަމާއި، އެ ޓާމިނަލް އަކީ މިހާރު އެއާރޕޯޓު ބޭނުންކުރާ ޕަސިންޖަރުންގެ އަދަދާއި އެކަށީގެންނުވާ ދުވަސްވީ ޓާމިނަލްއެއް ކަމަށް ފާހަގަކޮށްފައެވެ. އަދި އައު ޓާމިނަލް ވެގެން ވާނީ ދިވެހިރާއްޖޭގެ ޓުވަރިޒަމް ސެކްޓަރަށް ވެސް އިންގިލާބީ ބަދަލެއް އަންނާނެ ކަމެއް ކަމުގައި ފާހަގަކުރިއެވެ.

    އެއާރޕޯޓް ޓާމިނަލް މި މަހު 26 ގައި ހުޅުވަން ހަމަޖެހިފައިވާކަން އިއުލާނުކުރުމާއި އެކު ލާދީނީ އެމްޑީޕީ އާއި ޔާމީނުގެ ބޮނޑިބަތް ޕާޓީގެ އެކްޓިވިސްޓުން ވަނީ ޓާމިނަލް މަސައްކަތުގެ ކްރެޑިޓް ނަގަން ހަމަނުޖެހޭ ޒާތުގެ އެކި ވާހަކަތައް ދައްކަން ފަށާފައެވެ.