Logo
image for article

    ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެން ވައްވައްޖަހާ ' ފިރިހެންކުޅި ޔާޔާ' ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށް!

    މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެން ވައްވައްޖަހާ ލިވާތު ކުޅީގެ 'ޔާޔާ ނަބީލު' ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވުމުން 25 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

    ލިވާތީ ޔާޔާ އަށް 25 އަހަރުގެ ހުކުމެއް ކުރީ 2017 ވަނަ އަހަރު އޭނާ އާއި އިތުރު މީހަކާއި އެކު 'ޔާޔާ ނަބީލު' ދިރިއުޅޭ ގެ ކަމަށްވާ ގ. ކަމަރާ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ޖެހި ރެއިޑެއްގައި ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައެވެ. ޔާޔާގެ ކޮޓަރިން 270 އަށް ވުރެން ގިނަ ގްރާމުގެ ކެނަބިސް ފުލުހުންނަށް ހޯދާފައިވެއެވެ.

    މުޖުތަމައުގެ ސަލާމަތައް ނުރައްކާ 'ލިވާތީ ޔާޔާ' ގެ މައްޗަށް މީގެ ކުރިން ވެސް ހުކުމެއް ކޮށްފައިވެއެވެ. އެ ފަހަރު ހުކުމް ކުރީ ޓިކްޓޮކްގައި ބަރަހަނާވި މައްސަލައިގައެވެ. އޭރުގެ އެމްޑީޕީ ސަރުކާރުން އެ މައްސަލަ ބެލީ އާންމުން ސޯޝަލް މީޑިއާގައި ކުރި ޕްރެޝަރާއި ގުޅިގެންނެވެ. ނަމަވެސް އިބޫ ސޯލިހުގެ ސަރުކާރުން މި ލިވާތީ ކަލޭގެ 2 އަހަރު ނުވަނީސް އަނެއްކާވެސް މަގުމައްޗަށް ދޫކޮށްލީއެވެ. އެ ފަހަރު މީނާގެ މައްޗަށް އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކޯޓުން ސާބިތުވެފައި ވެއެވެ.