Logo
image for article

    ގްރީން ޓެކްސްގެ ގޮތުގައި 204.8 މިލިއަން ޑޮލަރު ލިބިއްޖެ

    204.8 މިލިއަން ޑޮލަރު ލިބިފައިވާކަމަށް މީރާ އިން ހާމަކޮށްފި. 204.89 މިލިޔަން ޑޮލަރަކީ ދިވެހި ފައިސާއިން ބަލާނަމަ، 959.52 މިލިޔަން ރުފިޔާއެވެ.

    ގްރީން ޓެކްސްގެ ގޮތުގައި މި އަހަރު ރާއްޖެ އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 6.8 އިންސައްތައިގެ ކުރި އެރުމެއް ހޯދާފައެވެ. ގްރީން ޓެކްސް އަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި ސަފާރީތަކައި، އަދި އެނޫންވެސް އެފަދަ ތަންތަނަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކްސްއެކެވެ.

    މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ރިސޯޓްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކު އަތުން ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު އަންނަނީ ނަގަމުންނެެވެ. ގެސްޓްހައުސްތަކުގެ ތެރެއިން 50 އެނދަށްވުރެ މަދުން ހުންނަ ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ބޮލަކަށް 6 ޑޮލަރެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އެއް މިލިޔަން އަށް ވުރެން ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.