Logo
image for article

    ޔަހޫދީން ދެކެ ޖެހިލުން ނުވާ ރައީސް މުއިއްޒު އީރާނަށް އިޒްރޭލުން ދިން ޙަމަލާތައް ކުށްވެރިކޮށްފި

    ޖައްބާރު އިޒްރޭލުން އީރާނަށް ދިންވައިގެ ޙަމަލާތައް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކޮށްފިއެވެ.

    ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އީރާނަށް ދިން ޙަމަލާ އާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ދިވެހި ސަރުކާރުން އީރާނަށް ދިން ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަވެއެވެ. ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން އީރާނަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް ގޮވާލާފައެވެ. އަދި މިކަމުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަށް ގޮވާލާފައެވެ.

    އިޒްރޭލުން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ ސަބަބުން ރާއްޖެ އިން ވަނީ މިއަހަރު އިޒްރޭލުގެ ޕާސްޕޯޓް މަނާކޮށް، ޔަހޫދީ ދަޢުލަތައް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާ އިޒްރޭލުގެ އަނިޔާވެރިކަން ދިވެހިން ޓޮލެރޭޓް ނުކުރާނެ ކަން ޢަމަލުން ދައްކާފައެވެ.