Logo
image for article

    ވޭމަންޑޫ ގޮނޑުދޮށަށް 20 ފޫޓުގެ ބޮޑު މަހެއް ލައްގައިފި

    ތ. ވޭމަންޑޫ ގޮނޑުދޮށަށް މަރުވެފައި އޮތް، 20 ފޫޓުގެ ޕައިލެޓް ވޭލްއެއް ލައްގައިފިއެވެ. ވޭމަންޑޫ އަށް ލައްގާފައި ވަނީ ޕައިލެޓް ވޭލެކެވެ.

    ޕައިލެޓް ވޭލަކީ ކޯމަހުގެ އާއިލާއަށް ނިސްބަތްވާ ބޮޑުމަހުގެ ބާވަތެކެެވެ. ވޭމަންޑޫ އަށް ލެއްގި ބޮޑު މަސް މިހާރު ވަނީ ރަށު ރައްޔިތުން ވެގެން ޑިންގީއެއްގައި އައްސައިގެން ކަނޑަށް ބޭރުކޮށްފައެވެ. މެދުރާއްޖެތެރެއިން އާންމުކޮށް ފެންނަ ޕައިލެޓް ވޭލް މި ސަރަހައްދުން އެންމެ ގިނައިން ފެންނަނީ އޭޕްރިލް މަހާއި ޖޫން މަހާ ދޭތެރޭގައެވެ. ޕައިލެޓް ވޭލްއަކީ ކިލާ ވޭލް ނުވަތަ އޯކާއަށްފަހު ދެވަނައަށް އެންމެ ބޮޑު ކޯމަހުގެ ބާވަތެވެ.