Logo
image for article

    ފަހަރި އިމްރާން — ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ މަރުން ސިޔާސީ މެޑަލް ޖަހަން އުޅުމުން ހޫނު ފެނަށް!

    ނަޝީދުގެ ލާދީނީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވަނީ ބަޔަކު ރާވައިގެން މަރާލާފައި ކަމަށް އަދާލަތު ރައީސް އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ބުނެފިއެވެ.

    އިމްރާނުގެ މި ވާހަކަ އާއި ގުޅިގެން ނޫސްވެރިންނާއި، މީޑިއާތަކާއި، މުޅި ރާއްޖޭގެ ސަމާލުކަންހެން މިއަދު އޭނާ އަށް ލިބި، ގިނަ ނޫސްތަކުންނާއި މީޑިއާ ތަކުން ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި މެދު އިމްރާން ކުއްލިއަކަށް މި ދެއްކި ވާހަކަ ޝާއިޢުކޮށް ރިޕޯޓު ކޮށްފައެވެ. އެންމެން ނަށް ވެސް ލިބުނީ ޝޮކެކެވެ. ސިޔާސީ ބޭނުމަށް ދޮގު ހަދާ، ރައްޔިތުންގެ ނުތަނަވަސްކަމުން ނެގުން އޮންނަ ފައިދާ އެއް ނެގުމަށް މިފަދަ ވާހަކަ ދެއްކުމަކީ މީގެ ކުރިން ވެސް އިމްރާން ކޮށްފައިވާ ކަމެކެެވެ.

    އިބޫ ސޯލިހުގެ ލާދީނީ ސަރުކާރުން އިމްރާން ހޯމް މިނިސްޓަރުގެ މަގާމު ހޯދީ ވެސް މިފަދަ ވާހަކަތަކެއް ދައްކައިގެންނެވެ. 2015 ވަނަ އަހަރު "މޭ ޑޭ" މުޒާހަރާގައި އިމްރާން ވަނީ އޭނާ އަށް ޑރ. އަފްރާޝިމްގެ މަރުގެ ޙަޤީޤަތް އެނގޭކަމަށް ބުނެފައެވެ. އޭގެ އިތުރުން އަފްރާޝިމްގެ މަރާއި ގުޅޭ ކިތާބީ ހެކި ވެސް އޭނަގެ އަތުގައި ހުރި ކަމަށް އެދުހު ބުނިއެވެ. އަދި ޑރ. އަފްރާޝިމްގެ މަރުގެ ފަހަތުގައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ކަމަށް ބުނިއެވެ. ތުނބުޅި އެއް ހުރެފަ، ކޮންމެވެސް ވަރަކަށް ދީނީ ވަހަކަ ދައްކާތީ ރައްޔިތުންގެ ގިނަ ބަޔަކު އިމްރާނުގެ ދޮގުވެރި ފިތުނައިގެ ވާހަކަތަކުގައި ޖެހި އެވާހަކަތައް ހަމަ ރަގަޅަށް ވެސް ހިތުގެ އަޑިން ގަބޫލުކުރިއެވެ.

    އިމްރާން އެދުވަހު އެ ދޮގުތައް ހެދި އިރު، އޭނާ އާއި އެންމެ ގާތުން ވާތް ފަރާތުގައި ދެން އޮތް ދައުރުގެ ރައީސް އިބޫ ސޯލިހު ހުރި އިރު، އޭނާގެ ކަނާތް ފަރާތުން ހުރީ ދެން އޮތް ދައުރުގެ ޓޫރިޒަމް މިނިސްޓަރު ރޭޕިސްޓު އަލީ ވަހީދުއެވެ. އިމްރާން މިއަދު ދެއްކި ވާހަކަ އާއި ގުޅިގެން އާންމުކޮށް އޭނާ އަށް ރައްޔިތުން ސޯޝަލް މީޑިއާގައި ރައްދު ދޭ ވަރަށް ވުރެން ގިނައިން މިއަދު ރައްދުދީ ބަވާފަވެއެވެ.

    އިމްރާންގެ ވާހަކަ ތަކަކީ ބެންކޮކްގެ ވަބާގައި ޖެހޭ ކިތެންމެ ބަޔަކު ދައްކާ ކަހަލަ ވާހަކަތަކެއް ކަމަށް މީހަކު ބުނި އިރު، އަނެކަކު އިމްރާން އުޅެނީ ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމަށް "ސިޔާސީ ކަމްބެކެއް" ޖައްސަން ކަމަށް ބުނިއެވެ. އަނެއް ބަޔަކު ޑރ. އަފްރާޝިމްގެ މަރު ސިޔާސީ ކޮށް ވެރިކަމަށް އައިސް 5 އަހަރުގެ ދައުރެއް ނިންމާލި އިރު އެ މަރުގެ ޙަޤީޤަތް ނުހޯދުނު އިރު އެ މުއްދަތުގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުރެގެން ކުރީ ކޮން މަސައްކަތެއްތޯ ސުވާލުކޮށްފައި ވެއެވެ. އަނެއް ބަޔަކު އިމްރާން ބެންކޮކުން އެއްޗެއް ބޮއެގެން ހުރިތޯ ސުވާލު ކުރި އިރު، އިންޓަޕޯލް މެދުވެރިކޮށް އިމްރާން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް މައްސަލަ ތަޙުޤީޤު ކުރުމަށް ގޮވާލާފައި ވެއެވެ. އަދި ފަހަރި އިމްރާނު އަކީ މުނާފިޤެއް ކަމާއި، އޭނާގެ މުޅި ހަޔާތް އެ ހޭދަ ކުރަނީ ފިތުނަ ފަސާދަ އުފައްދާ ޙަރާމް ފައިސާ ކެއުމުގައި ކަމަށް އެހެން ބަޔަކު ބުނަމުން ދިޔައެވެ.

    އިމްރާން އަށް ސޯޝަލް މީޑިއާގައި މީހުން ދެމުން ދިޔަ ރައްދުތައް ހޫނު ވެގެން ގޮސް އެންމެ ފަހުން އިމްރާން އަކީ 'ސޮޑަށް ޖަހާ މުޅޯއްޔެއް' ކަމަށް ވެސް މީހަކު ބުނެފިއެވެ. އެހެން ނުބުނަންވީ ސަބަބެއް ވެސް ނެތް ތާ އެވެ! އިމްރާންގެ ސިޔާސީ ޙަޔާތް ފެށުނީ ނަޝީދު އާއި ކޯލިޝަން ހަދައިގެން, ނަޝީދުގެ ވެރިކަމުގެ ކުރީ ކޮޅު ގުޅުން ހީނަރުވެ އަދާލަތު ޕާޓީ މަގުމަތިވި, ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވެސް އެންމެ ފަހުން އަދާލަތު ޕާޓީ ދޫކޮށް އެމްޑީޕީ އާއި ގުޅުން, އިމްރާން ގުޅުނީ އިދިކޮޅު ފަރާތްތަކާއި، ނަޝީދުގެ ވެރިކަން ނިމި ވަހީދު އަށް ފަހު އަނެއްކާ ވެސް އިމްރާން އެމްޑީޕީ އާއި ކޯލިޝަން ހަދާ މާލެ ތެރެ ހަލަބޮލިކުރަން ނުކުތް, ދޮގު ވާހަކަ ފަތުރާ މުޖުތަމަޢުގެ އަމަން އަމާންކަން ނަގާލަން މަސައްކަތް ކުރާތީ ރައީސް ޔާމީން ވަނީ އިމްރާން ޖަލަށް ވެސް ލާފައެވެ.