
ސިޓިންރޫމް ޖަލްސާ ވަޅޯވެ ކަރުތާފެނަށް ގެނބުމުން ޔާމީން ސޯޝަލް މީޑިއާ އަށް ފުންމާލައިފި!
ރައްޔިތުންގެ އިތުބާރު ގެއްލި، ވެރިކަމުން ވެއްޓި، ވައްކަން ކޮށްގެން ޙުކުމް ކޮށްފައި ހުރި ޔާމިން އާންމުކޮށް އޭނާގެ ގޭ ސިޓިންރޫމުގައި ބާއްވަމުން ދިޔަ ސިޔާސީ ޖަލްސާތަކުގެ ރޭޓިން ދަށްވެ، ބަލާ މީހުން މަދުވެ، އެ ޖަލްސާތައް ކަވަރު ކުރާ ނޫސްވެރިން މަދުވެ، ސަމާލުކަން ގެއްލި، ސިޔާސީ މައިދާނުގައި އެއްވެސް އުރަތްޕެއް ނެތް ހިސާބަށް ގޮސް، ކަރުތާފެނަށް ގެނބުމުން ސޯޝަލް މީޑިއާ އަށް އަލުން އަނބުރާ ފުންމާލާ 'އެކްސް' ގައި ޕޯސްޓް ކޮށްފިއެވެ.
ޔާމީނު އެކްސް ގައި ކުރި ޕޯސްޓް އަލި އަޅުވާލީ އިއްޔެ އިންޑިޔާގައި ފްލައިޓެއް ވެއްޓި ގިނަ ބަޔަކު މަރުވި ހިތާމަވެރި ހާދިސާ އާއިއެވެ. އިނގިރޭސި ބަހުން މަލާމާތުގެ ޒާތަކަށް ކޮށްފައިވާ ތައުޒިއްޔާގެ ޕޯސްޓް ކިޔާލުމުން ޔާމީންގެ ހިތުގައި އެ ހާދިސާ އިން މަރުވި އެއްވެސް މީހަކާއި މެދު ހަމްދަރުދީއެއް ހިނގާ ބާއޭ އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ.
ދިމާވާ ހާދިސާ އަކުން ނާޖާއިޒު ފައިދާ ނަގާ، ތިމާ މީހާ އަށް ކޮންމެވެސް ގޮތަކުން މެޑަމް ޖަހާލަން ފަހިވި ފުރުސަތެއް ކަމަށް ޔާމީނަށް ހީވީ ބާއޭ ވެސް ހިތަށްއެރިއެވެ. ހަގީގަތުގައި ޔާމީން އަށް ދެން ރައްޔިތުން ތެރެއަށް ނުކުންނާނެ އެހެން މަގެއް ނެތެެވެ. ސިޓިންރޫމުގައި ބާއްވަމުން އަންނަ ބޮނޑިބަތް ޖަލްސާތައް ބަލާނެ މީހަކު މިހާރު ނުވެއެވެ. ގިނަ ރޭ ރޭ ޕާޕާ ވެސް އެ ޖަލްސާތަކަަށް މިހާރު ނުދެއެވެ.
ޔާމިން އަކީ އެއް އިރެއްގައި ވެސް މީޑިއާ އާއި ރައްޓެހި މީހެއް ނޫނުވެ. ރައްޔިތުންނާއި ވެސް ގާތް މީހެއް ނޫނެވެ. ރުންކުރު އަބުއި ބޮޑާ މީހެކެވެ. މީޑިއާ އަށް ކުއްލިއަކަށް ފުންމާލައިގެން މިއުޅެނީ ނެތިގޮސްފައިވާ ތާއީދު އަނބުރާ ލިބޭތޯއެވެ. ބޮނޑިބަތް ޖަމީލާއި މަލީހު ލައިގެން ދެން ތިމަންނާ އަށް މިކަން ނުވާނެ ކަން އަމިއްލަ ނަފްސަށް ވެސް ގަބޫލުކުރެވުމުންނެވެ.