Logo
image for article

    އީދުގައި ތުއި ތެޅުވި އަންހެންވެރިންނަށް ބަލާލާނެ މަހުޖަނަކު ނުވި!

    އަޟްހާ އީދާއި ގުޅިގެން ރާއްޖޭގެ ރަށްރަށުގައި މީގެ ކުރިން ދުވަހަކުވެސް މަގުތަކާއި ސްޓޭޖް ތަކަށް އަންހެންވެރިން ނުކުމެ ނުނަށާ ވަރަށް މިފަހަރު ނަށާފައިވެއެވެ. މިއީ އަހަރެމެން ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުއެއްގައި އިންތިހާ އަށް ދެރަވެ ހިތާމަކުރަން ޖެހޭކަމެކެވެ. މި ފަހަރުގެ އީދުގައި އަންހެންވެރިންގެ ނެށުމާއި ބަނޑިލެންބުންތައް ބަލަން ބައެއް ރަށްރަށް މަހުޖަނުން ވަނީ އަރާ ފުރައިގެން ވެސް ގޮސްފައެވެ.

    މުސްކުޅި އުމުރު ހިތްކާފަރު ކަންމަތީ ޒުވާން އަންހެނުން ހޯދަން އެހާ ފާޅުކަން ބޮޑު ގޮތެއްގައި ދާއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް އޭގެން މީހެއްގައި ހުރިހެނެތް ހިޔެއް ނުވެއެވެ. ބައެއް ރަށްރަށް ފާހަަގަ ކުރެވުނީ ޒުވާން ޖިންސުއްލަތީފުން މަގުމައްޗަށް ނެރެ ނީލަން ކިޔަން އަތުރާލާފައިވާ ރަށްރަށުގެ ގޮތުގައެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. އީދުގެ މަތިވެރި ކަރާމާތް ގެއްލޭ ހާ ނުބައި ދަރަޖަ އަކަށް މިކަން މިފަހަރު ރާއްޖޭގެ ރަށްރަށުގައި ހިނގިއެވެ. ރަށްރަށުގައި އަންހެންވެރިން ނުކުމެ ކިތެންމެ ތުއި ތެޅުވިޔަސް އެއްވެސް މަހުޖަނަކަށް ކަމުދާ ކަހަަލަ ޒުވާން އަންހެނަކު މިފަހަރު ފެނުނުހެން ހިޔެއް ނުވެއެވެ.

    ސޯޝަލް މީޑިއާގައި ވެސް މިދިޔަ އަހަރު ބ. ކަމަދޫ އަށް ލިބިގެން ދިޔަ ފަދަ ސަމާލުކަމެއް އެހެން އެއްވެސް ރަށަކަށް ނުލިބެއެވެ. މި ފަހަރު އީދާއި ގުޅިގެން ރަށްރަށުގައި ކަންހިނގި މަގާއި މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އަންހެނުންނަށް އިޙްތިރާމް ކުރުމަށާއި އަންހެނުންނަކީ މަހުޖަނުންނަަށް ނީލަން ކިޔަން ތިބެންޖެހޭ ބައެއް ނޫންކަން ހަނދާން ކޮށްދީ ނަސޭހަތްދީ ފައެވެ.