
އަންހެން ހެދުން އަޅައިގެން ނަށާ 'ލިވާތީ ޔާޔާ' — އާންމުން އެދެނީ މިކަލޭގެ އާއިމެދު ހަރުކަށި ފިޔަވަޅު އަޅަން!
އަންހެން ހެދުން އަޅައިގެން ޓިކްޓޮކުގައި ވީޑިއޯ ހަދަމުންދާ ފާސިގު ޔާޔާ ނަބީލު ލަދު ހަޔާތްކުޑަ ވީޑިއޯއެއް ހަދައިގެން މައްސަލަ ބޮޑުވެ ގިނަ އަދަދެއްގެ ރައްޔިތުން އެކަލޭގެ ހުއްޓުވުމަށް ސަރުކާރަށް ގޮވާލަން ފަށައިފިއެވެ.
ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ ޔާޔާގެ މައްޗަށް މީގެ ކުރިން ވަނީ 1 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް ކޮށްފައެވެ. ޔާޔާ ވަނީ މީގެ ކުރިން 3 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. އެއީ 2021 ވަނަ އަހަރާއި، 2022 ވަނަ އަހަރުގެ އިތުރުން ނިމިދިޔަ 2024 ވަނަ އަހަރެވެ.
ނަމަވެސް، މީގެން އެއްވެސް ފަހަރަކު ކަމާއި ބެހޭ އިދަާރާތަކުން މިކަލޭގެ އާއި މެދު ހަރުދަނާ، މިކަލޭގެ މި ފަތުރަމުންދާ ވަބާ އިން މުޖުތަމަޢު ރައްކާތެރި ކޮށްދޭނެ ފިޔަވަޅެއް އަޅާފައި ނުވެއެވެ. ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެން ޔާޔާ ނަބީލު ޖައްސާ ވައްތަރުތަކާއި މެދު ކޮންމެ ދުވަހަކު ހެން ގިނަ ބަޔަކު އަންނަނީ ކަމާއި ބެހޭ އިދާރާތަކުގައި ޝަކުވާ ކޮށް މި ލިވާތީ ކަލޭގެ އާއި މެދު އެޅުން އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ތަކުރާރުކޮށް ސަރުކާރުތަކަށް ގޮވާލަމުންނެވެ.