Logo
image for article

    ވެރިކަމަށް ކުރިމަތި ލިޔަސް ނުހޮވޭނެތީ ދެން އިތުރަށް ކުރިމަތި ނުލާނެ ކަމަށް ޑރ. ވަހީދު ބުނެފި

    ވެރިކަމަށް ކުރިމަތި ލިޔަސް ނުހޮވޭނެތީ ދެން އިތުރަށް ކުރިމަތި ނުލާނެ ކަމަށް ޑރ. ވަހީދު ބުނެފި އެވެ.

    ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށް ޕީއެންސީ ޓިކެޓު ނުލިބުމުން ބޮނޑިބަތް ޖަމީލު އާއި މަލީހާ އެކު ހަޅުތާލު ހަދާ، ރުޅި އިސްކޮށް، ވަގަށް ގޮވާ، ބާޒަކަށް ބަދަލުވެ، ޕޯޑިއަމް ތަކުގައި ރައީސް މުއިއްޒު ވަރުގެ ގޯސް މީހެއް ނެތް ކަމަށް ބުނި ޑރ. ވަހީދު ޓީވީ ޕްރޮގްރާމެއްގައި ބުނެފިއެވެ. ޑރ. ވަހީދު ވަނީ މީގެ ކުރިން 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާފައެވެ. އެ އަހަރު އޭނާ އަށް ލިބުނީ ވޯޓު ދިން މީހުންގެ އެންމެ %5 އެވެ.

    ޕީއެންސީގެ ޓިކެޓް 2023 ގެ އިންތިޚާބުގައި ހޯދުމަށް ގިނަ މަސައްކަތްތަކެއް ޑރ. ވަހީދު އާއި އޭނާގެ ޓީމުން ކުރި ނަމަވެސް، ރައީސް ޔާމިން ވަހީދު އަށް އިތުބާރު ނުކުރާތީ ޓިކެޓް ލިބުމުގެ މަގު ބަންދުވެގެން ދިޔައެވެ. ރައީސް ޑރ. ވަހީދު މިހާރު ޚިދުމަތް ކުރަމުންދަނީ ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ އެންވޯއީ އެއް ގޮތުގައެވެ.