Logo
image for article

    ޔުމްނުގެ މައްސަލަ ސިޔާސީ ނުކުރުމަށް ޒުވާނުން ފިތުނަވެރި އެމްޑީޕީ އަށް ގޮވާލައިފި

    މަަސްތު ޕާޓީ އެއްގެ ތެރެއިން ހިނގި ހާދިސާއެއްގައި ގެއެއްގެ މަތިން ވެއްޓުނު އަންހެންމީހާގެ މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތާއި މެދު ހިތްހަމަނުޖެހި މާލޭގެ މަގުތަކުގައި ޒުވާނުން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކަށް ސިޔާސީ ފަރާތްތްތަކުން ނުފޫޒު ފޯރުވަން އުޅުން އެ މުޒާހަރާ ލީޑް ކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ކުށްވެރިކޮށްފިއެވެ.

    މީޑިއާތަކަށް މައުލޫމާތު ދެމުން ޒުވާނުންގެ މުޒާހަރާ ލީޑް ކުރާ އިސް ފަރާތްތަކުން ބުނެފަވަނީ، އެމީހުންގެ ގޮވާލުމަކީ އެއްވެސް ހާލެއްގައި ސިޔާސީ މަގުސަދެއް އޮވެގެން ކުރާކަމެއް ނޫން ކަމަށެވެ. ހަމެއެހެންމެ، ޒުވާނުންގެ މުޒާހަރާ އަކީ އެއްގޮތަކަށްވެސް ވަކިބަޔެއްގެ ޕާސަނަލް އެޖެންޑާއެއް އެކަމުގެ ތެރެއިން ހިންގުމަށް ހުޅުވާލެވޭނެ ފުރުސަތަކަށް ވިޔަނުދޭނެ ކަމަށެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް މި ހާދިސާ އާއި ގުޅިގެން ބޮޑެތި ދޮގުހަދާ އޮޅުވާލުންތައް ފަތުރަމުން އަންނަ ފަރާތްތަކާއި މެދު ސަމާލުވެ ތިބިކަމަށް އެ ޒުވާނުން ބުނެފައި ވެއެވެ. އަދި ޒުވާނުންގެ މި ގޮވާލުމަކީ ފެއިލްވެފައިވާ ސިސްޓަމެއް ރަނގަޅު ކުރުމަށް ގޮވާލުންކަމާއި ކުރީގެ ސަރުކާރުތަކުގައި ކަން ހިނގާ އުސޫލުން މި ސަރުކާރުގަ ކަން ހިނގަން އެ މީހުން ބޭނުންނުވާކަމަށެވެ.

    މީޑިއާތަކަށް ދިން އިންޓަވިއުގައި، މި ހައްސާސީ މައްސަލަ އާ ގުޅިގެން ޒުވާނުންގެ ފަރާތުން ހުށަހަޅަމުންދާ ޑިމާންޑުތައް ރައީސް މުއިއްޒު ތަންފީޒުކުރަމުން ގެންދާތީ ޒުވާނުން ވަނީ ރައީސް އަށް ޝުކުރު އަދާކޮށްފައެވެ.