
ޒުވާނުން ކުރާ ސިލްސިލާ މުޒާހަރާގައި އިސްލާމީ ޝަރީއަތް ގާއިމުކުރަން ގޮވާލައިފި
މާލޭގެ އިމާތާރާތަކުން ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް މިހާރު ޒުވާނުން ކުރާ ސިލްސިލާ މުޒާހަރާގައި އިސްލާމީ ޝަރީއަތް ގާއިމުކުރަންގޮވައިލައިފިއެވެ.
މިރޭގެ މުޒާހަރާގައި ޒުވާނުން ވަނީ "ހައްލަކީ އިސްލާމީ ޝަރީއަތް" ކަމަށް ބުނާ ބޯޑުތަކެއް ގެންގުޅެފައެވެ. އަދި ނިމިދިޔަ ސަރުކާރުގެ ސަފާރީ ރޭޕް ކޭސް މައްސަލައިގެ އިންސާފު ހޯދުމަށް ގޮވާލިއެވެ.
ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާ މި މުޒާހަރާގެ މައިގަނޑު ކަންބޮޑުވުމަކީ އިމާރާތުން ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ފުލުހުންއިންސާފުވެރި ތަހުގީގެއް ހިންގާދިނުމެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާމެރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ގޮތުން އެ ޒުވާން އަންހެން މީހާއާއެކު އެރޭ އުޅުނު މީހުންގެ ތެރެއިން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މީހުންގެ މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދިނުމަށް އަންގައި އެތަކެތި ނުދީފިނަމަ،ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ޕީޖީ އައްބާސް އަންގާފައިވާ ކަމަށެވެ.