Logo
image for article

    ޒުވާނުންގެ މުޒާހަރާ ހައިޖެކް ކުރަން ލާދީނީ ޕާޓީ އިން ފައިވިއްދައިފި — ޔުމްނުގެ މައްސަލަ އަށް ޔާމިން ރަޝީދާއި ރިޟްވާނު؟

    މަސްތުވެގެން ތިބެ ޒިނޭކޮށް ހެދުމަށްފަހު މާލޭގެ ގެއެއްގެ މަތިން ޒުވާން އަންހެން ކުއްޖެއް ވެއްޓުނު މައްސަލައިގަ ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު ހިތްހަމަނުޖެހި، ޒުވާނުން ކުރަމުންދާ މުޒާހަރާ ސިޔާސީ ކުރަން އެމްޑީޕީ އިން ކުރަމުންދާ މަސައްކަތުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހިންގެ ގިނަ ބައެއްގެ ނަފްރަތު ލިބިފައިވާ ރިޟްވާނާއި އޭނާގެ އެކުވެރިޔާ ޔާމިން ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ރޭ ގޮވާލައިފިއެވެ.

    އެމްޑީޕީ އަކީ މީގެ ކުރިން ވެސް ރިޟްވާނާއި ޔާމިން ރަޝީދުގެ މަރު ސިޔާސީ ކޮށް އެ އާއިލާތަކުގެ ނާޖާއިޒު ފައިދާ ނެގުމަށްޓަކައި މާލޭގެ މަގުތަކުގައި މުޒާހަރާ ކޮށް، އެކި ބާވަތުގެ ސޯޝަލް މީޑިއާ ކެމްޕެއިން ކޮށް، ވެރިކަން ލިބުމުން އެ ދެ ފަރާތުގެ ވެސް އާއިލާ އަށް ޚިޔާނާތްފެރިވެފައިވާ ޕާޓީއެކެވެ.

    އެކި ކަހަލަ މަރުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ވެރިކަން ލިބުމުން އެމްޑީޕީ މީގެ ކުރިން ކުރިހާ ވެސް ކަމަކީ މަރު ކޮމިޝަނެއް ހަދައިން އެތަނަށް ލާދީނީ ފިކުރުގެ ބޮޑުން އައްޔަންކޮށް އެތަކެއް މިލިޔަން ރުފިޔާ ލޯންޑާރ ކުރުމެވެ. އާއިލާ އަކަށް ލިބުނު އިންސާފެއް ނެތެވެ.