Logo
image for article

    ޒުވާނުންގެ އެއްވުމަށް ވަންނަން އުޅުމުން އެމްޑީޕީ ރޮނގާލިންތައް ބޭރުކޮށްލައިފި

    މަސްތު ޕާޓީ އެއް ކުރި މާލޭގެ ގެއެއްގެ މަތިން ޒުވާން އަންހެން ކުއްޖެއް ވެއްޓުނު މައްސަލައިގައި އާންމުންގެ ބަޔަކު ހިތްހަމަނުޖެހި، އެކުއްޖާ އަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމުގެ ގޮތުން ޒުވާނުން އިސް ނަގައިގެން މާލޭގައި ބޭއްވި އެއްވުމަށް ވަދެ، އެއްވުން ސިޔާސީ ކުރަން އުޅުމުން ޒުވާނުން ލާދީނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ބަވާލާ، ވަގުތުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އަންގައިފިއެވެ.

    އަންހެންކުއްޖާ އަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމުގައި އިސްކޮސް ހަރަކާތްތެރިވާ ޒުވާނުން އެވަގުތުވެސް އަދި ފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ވަނީ އެމްޑީޕީ ގުންޑާއިންގެ މި ނާތަހުޒީބީ، ޙީލަތްތެރި ވިސްނުމަށް ޒުވާނުން ތެރޭގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ބުނެފައެވެ.

    އެމްޑީޕީ އަކީ މީގެ ކުރިން ވެސް މުޖުތަމަޢުގައި ދިމާވާ މިފަދަ މައްސަލަތަކުގައި ސޯޝަލް ޖަސްޓިސް ހޯދައިދޭނެކަމަށް ބުނެ، އެކި ކަހަލަ މައްސަލަ ތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ކެމްޕެއިން އަށާއި ވޯޓް ހޯދުމަށް އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނަ އިރު ބެނުން ކޮށްފައިވާ ޕާޓީއެކެވެ.

    އެމްޑީޕީ ސަރުކާރުގައި ހިނގާދިޔަ މިފަދަ އެތައް މައްސަލަ ވަނީ ސަރުކާރުގެ ބޮޑުންގެ ނުފޫޒުން އޮއްބާލާފައެވެ.