
އެމްޑީޕީ އިން ފާލުން ނެއްޓި މާލޭގެ މަގުތައް ހަލަބޮލިކުރަން ރޭ ނުކުތުމުން، ކުޑަ ގޯލަށް ކުޅޭ ވަރަށް ވެސް މީހުން އެއްނުވި
ކުއްލިގޮތަކަށް އެމްޑީޕީން ރޭ ބާއްވަން އުޅުނު އެއްވުން އެކަށީގެންވާ އަދަދަކަށް މެންބަރުން ހާޒިރުނުވުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއް ތެރޭ ނިންމާލައިފިއެވެ.
މިއެއްވުން އޮތީ އެ ޕާޓީގެ ދަނޑިކޮށީ ޖަގަހައިގައެވެ. ރޭގެ އެއްވުމުން ފެނިފައި ވަނީ ރަމަޟާން މަހުގެ އަޅުކަމަށް ހުރަސް އަޅަން މާލެ ތެރެއަށް ނުކުތް އެމްޑީޕީގެ ލަދުހަޔާތްކުޑަ އެކްޓިވިސްޓުންގެ ގުރޫޕު އެކަންޏެވެ. ރަމަޟާން މަސް ފަދައިން އެމްޑީޕީގެ ލީޑަރޝިޕްގެ އެއްވެސް ފަރާތަކުން އެއްވުމުގައި ބައިވެރިނުވެއެވެ.
މެންބަރުން މަދުވުމުގެ ސަބަބުން މަގުމަތީ ހަރަކާތަކަށް ފުރުސަތު ނުލިބި ޖަގަހަ ކުރިމަތީ ދެ ޕޯސްޓަރު ހިފައިގެން މަދު އަދަދެއްގެ ބަޔަކު ރުންކުރު ގޮތަކަށް ތިބުމަށް ފަހު މިހާރު ވަނީ ތަން ދޫކޮށް ގޮސްފައެވެ.