Logo
image for article

    ޕޯޕް ފްރާންސިސް މަރުވުމުން އިންޑިއާގެ ބޮޑުވަޒީރު ހިތުގަ ޖެހުނު ވަރަށް ޖެނިފާ ހިތުގަ ޖެހި އޭނާއަށް ހެޔޮ ދުއާކޮށްފި

    ޖެނިފާގެ ޓުވީޓުގައި ޕޯޕް މަރުވުމުން އެނާ އަށް ކުރި އަސަރު ބަޔާން ކޮށް، އެ ނަޞާރާ ކަލޭގެ އަށް ހެޔޮ ދުއާ ކޮށްފައިވެއެވެ. ޕޯޕް މަރުވުމާއި ގުޅިގެން އޭނާ އަށް ކުރިމަތިވި އިހްސާސްތައް ބަންޑުންކޮށްލުން ވެގެން ދިޔައީ ގިނަ ދިވެހި ރައްޔިތުންނަށް އެެއްގޮތަކަށް ވެސް ބަލައިގަންނަން ފަސޭހަ ބަސްތަކަކަށް ނޫނެވެ.

    ނަޞާރާދީނުގެ އެންމެ އިސް ފާދިރީ މަރުވިކަން ވެޓިކަން އިއުލާނުކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ މުސްލިމުން އަންނަނީ ދުނިޔޭގެ އެކު ކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ.

    އެކްސް ގައި ގިނަ އަދަދެއްގެ ބަޔަކު ޖެނިފާގެ ހަޔާތްކުޑަ ލާދީނީ ޓުވީޓަށް ފާޑު ކިޔާ ކާފަރަކު މަރުވުން އެމީހަކު ދާނީ ނަރަކަ އަށް ކަން ހަނދާން ކޮށްދީފައި ވެއެވެ. އަދި އަނެއްބަޔަކު ޖެނިފާ އާއި ސުވާލުކުރިއެވެ. "ފިރުއައުނު މަރުވުމުން ވެސް ތިޔަހެންބާއޭ ކަލޭ ބުނަާނީ؟" އަދި އަނެއްބަޔަކު ބުންޏެވެ، "ޖެނިފާ އެވެ، ކަލޭ ތިއީ އުޑެއް ބިމެއް ދީނެއް، މިއްލަތެއް ވަކިވާ މީހެއް ބާއޭ؟" ދީނާ ޚިލާފު ވާހަކަތައް އަބަދުމެ ދައްކައިގެން ހޫނުފެނަށް ވެއްޓޭ ޖެނިފާގެ ލާދީނީ ޕޯސްޓް ސަބަބުވެރި ކުރުވަން މިފަަރުވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން އެކަކު ބުނެފައިވެއެވެ." ޖެނިފާ އަކީ ޓީނޭޖް އިރުއްސުރެން ފަރުޟު 5 ނަމާދު ކުރާ މީހެކެވެ." ނަމަވެސް، މިއީ މިއަދު ޖެނިފާ ކުރި ޕޯސްޓާއި ގުޅޭވެސް ވާހަކައެއް ނޫނެވެ.