Logo
image for article

    ދެބައި އުމުރަށް ވުރެ މަތިވެފައިވާ މަންދީއާ މާޒް ސަލީމް އޮރިޔާން ފޮޓޯ ނަގާހިތުން ހޭބަލިވަނީ

    ފުލުހުން މިހާރު ކުރަމުންދާ ޖިނާއީ ތަހުގީގަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގައި، ތަހުގީގު ކުރެވޭ ފަރާތުގެ އަބުރު ރައްކާތެރި ކުރުމަށް އާންމު އުސޫލުން އޮންނަ ޕޮއިންޓެއް ނުބައިކޮށް މާނަކޮށް މިދިޔަ ރޯދަމަހު ރޭއަޅުކަމަށް ހުރަސް އަޅަން މާލެ ތެރެއަށް ނުކުތް އެމްޑީޕީގެ ލަދުހަޔާތްކުޑަ އެކްޓިވިސްޓުން، މާޒް ސަލީމާއި މަންދީ ރުޅިގަދަވެއްޖެއެވެ.

    ސޯޝަލް މީޑިއާ އަށް ލީކު ކޮށްލާފައިވާ މަންދީގެ ކޯޓު އަމުރުގައި އޮންނަ ހަށިގަނޑުގެ ފޮޓޯ ނެނގުމާއި އަޑުގެ ސާމްޕަލްގެ ފޮޓޯ ނެގުމުގެ ހުއްދައަކީ އާންމުކޮށް ހުރިހާ ޖިނާއީ މައްސަލަތަކުގައި ވެސް ފުލުހުން ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އޮންނަ ހުއްދައެކެވެ.

    އޭގެ ސަބަބަކީ އެފަދަ ކަމެއް ތަހުގީގުގެ ބޭނުމަށް އަލުން ކުރަންޖެހިއްޖެ ނަމަ އިތުރު ކޯޓު އަމުރެއް ނުނަނގާ އެކަން ކުރުމަށް ފުރުސަތު ދިނުމެވެ. ކޯޓުތަކާއި، ފުލުހުންނާއި އެތައް ބައެއްގެ ވަގުތު ސަލާމަތް ކުރުމަށެވެ. އެއްގޮތަކަށް ވެސް އެއީ އުމުރު ދެބައިވެފަ ހުރި މަންދީގެ އޮރިޔާން ބަލާކަށް އޮންނަ ޕޮއިންޓެއް ނޫނެވެ. ލާދީނީ ޕާޓީ އިން މިކަމުގައި ފެތުރި ދޮގު ވާހަކަތަކުގައި ރާއްޖޭގެ ބައެއް ނޫސްވެރިންނަށް ވިސްނާނުލާ، ނުވަތަ ގާނޫނީ ތަޖުރިބާ ނެތުމުގެ ސަބަބުން ނެނގި ނަމަވެސް ވަނީ ހިތްވަރުދެވިފައެވެ.

    މަންދީ ޒުބައިރު އަދި އެމްޑީޕީން މަސައްކަތްކުރަމުންދަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުމަށާއި، އެކަމުގައި ރައްޔިތުންގެ ހަމްދަރުދީ ހޯދުމަށެވެ.