Logo
image for article

    އިސްލާމްދީނުގެ ކަމަކަށް ފުރައްސާރަކުރާ މީހާ އެވަނީ މުރުތައްދުވެފަ: ޝައިޚް ފަޒްލޫން

    އިސްލާމްދީނުގެ ކަމަކަށް ފުރައްސާރަކުރާ މީހާ އެވަނީ މުރުތައްދުވެފައި ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ފަޒްލޫން ވިދާޅުވެއްޖެއެވެ.

    ޝައިޚް ފަޒްލޫން މިފަދައިން ވިދާޅުވީ ރޭ ރާއްޖެޓީވީ ޕްރޮގްރާމެއްގައި އެމްޑީޕީ ރޮޒައިނާ ކުފުރުވެފައިވާތީއެކަމާ ގުޅިގެންނެވެ.

    ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަންތައްތަކުގައި އެ މަޖިލީހުން ފަތުވާ ނުނެރޭ ކަމަށާއި ފަނޑިޔާރު ގެއާށް ނުފޫޒު ފޯރުވާ މައްސަލައިގައި ވެސް އެއްވެސް ފަތުވާއެއް ނުނެރޭ ކަމަށެވެ. ދީނުގެ މިފަދަ މުހިންމު ކަންކަމުގައި ފަތުވާ ނުނެރެ "ހޫރައްލީނުން"ގެ ވާހަކަ ފަދަ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭތަން ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

    އޭނާ ދެއްކި ވާހަކަތާއި ގުޅިގެން ޝައިޚް ފަޒްލޫން ވިދާޅުވީ ﷲގެ އަމުރުފުޅާ ޚިލާފުވުމުން ސުވަރުގޭގައި އިންސާނާއަށް އެންމެ ފުރަތަމަ ދެއްވެވުނު ޢަޛާބަކީ އައުރަ ކަޝްފުވެގެން ދިއުން ކަމަށެވެ. އަދި ދުނިޔެމަތީ ﷲގެ އަމުރާ ޚިލާފުވެ އެ ޢަޛާބުގެ ތެރޭ އުޅެމުންދާ އިންސާނުން އެންމެ ރުޅިއަންނަނީ ސުވާރުގޭގެ ނިޢުމަތްތައް ދެކެ ކަމަށާއި، އެއުރެންގެ މުޑުދާރު ދޫތަކުން ސުވަރުގޭގެ ނިޢުމަތްތަކަށް ރައްދުކުރާ ބަދުބަސްތަކުގެ ސަބަބުން ފާޅުވެދަނީ އެއުރެންގެ ނިފާގުކަން ކަމުގައި ވިދާޅުވިއެވެ. އަދި އިސްލާމްދީނުގެ ކަމަކަށް ފުރައްސާރަކުރާ މީހާ އެވަނީ މުރުތައްދުވެފައި ކަމުގައި ޝައިޚް ފަޒްލޫން ވިދާޅުވިއެވެ.