Logo
image for article

    ޝެއިޚް ޝަމީމްގެ ދަރުސް އަޑު އިވި ލާދީނީ އެމްޑީޕީ މީހުން ނުކުމެ ޝެއިޚަށް ފުރައްސާރަކުރަން ފަށައިފި

    މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޑރ. ޝަމީމް ރޭ ހުޅުމާލޭގައި "ފުރުސަތު" ނަމުގައި ދެއްވި ދަރުހަށް ފަހު އިދިކޮޅު އެމްޑީޕީ މީހުން ޝެއިޚަށް ޖަނަވާރަށް ގޮވާ ފުރައްސާރަކުރަން ފަށައިފިއެވެ.

    ޝެއިޚް ޝަމީމްގެ ދަރުސް ގެ މައުޟޫއުއަކީ "ފުރުސަތު" އެވެ. މި މައުޟޫގެ ދަށުން ޝެއިޚްގެ ދަރުސްގައި ގޮވައިލެއްވީ މަރަށް ތައްޔާރުވުމަށާއި، މަރުވެދާ މީހުނާމެދު ވިސްނާ ފަދައިން އަމިއްލަ ނަފްސާމެދު ވިސްނާ ޢަމަލުތައް އިސްލާހުކުރުމަށެވެ.

    ކުއްލިމަރުތަކަށް ޢިޝާރާތް ކުރައްވާ ޝެއިޚް ވަނީ ދާދި ފަހުން މަރުވި ލަވަކިޔުންތެރިޔާ މެޒޯ މޯޑުގެ މަރާއި ގުޅިގެން އަގުހުރި ނަސޭހަތަެއް ދެއްވާފައެވެ. އެގޮތުން އޭނާ މަރުވުމަށްަފު އޭނާގެ ލަވަތައް ޖަހާ މިއުޒިކާ އެކު ހަފްލާތައް ނުބޭއްވުމަށާއި، އޭނާގެ މައްޗަށް ހެޔޮ ދުޢާކޮށް ފާފަފުއްސަވާތޯ ދުޢާކުރުމާ ޞަދަޤާތް ކުރުމަށް ޝެއިޚް ނަސޭހަތްތެރިވިއެވެ.

    މިއާއެކު އެމްޑީޕީ މީހުން ސޯޝަލް މީޑިއާގައި މިއަދު ދަނީ ތަކުރާރުކޮށް ޝެއިޚް ޝަމީމަށް ފުރައްސާރަކުރަމުންނެވެ. އެހެންނަމަވެސް ޝެއިޚްގެ ދިފާއުގައި ގިނަ ބަޔަކު ދަނީ ތެދުވެ ވަކާލާތުކުރަމުންނެވެ.