
އިބޫ ސޯލިހު މާފުދީ މިނިވަންކުރި ޔާޔާ ނަބީލަށް ފައިސާދީގެން އެމްޑީޕީން ލިވާތު ޕްރޮމޯޓު ކުރަނީ!
ބަރަހަނާ، ނިވާކަންކުޑަ ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ލިވާތު ޕްރޮމޯޓު ކުރަނިކޮށް މިދިޔަ 5 އަހަރު ރައްޔިތުން ނުކުމެ ސަރުކާރަށް ޕްރެޝަރުކޮށްގެން ހައްޔަރު ކުރުމުން އިބޫ ސޯލިހު މާފުދީ ދޫކޮށްލި ޔާޔާ ނަބީލު އަށް އެމްޑީޕީން ފައިސާދީގެން އަނެއްކާވެސް ލިވާތު ޕްރޮމޯޓު ކުރަން ފަށައިފިއެވެ.
އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލު ސޯޝަލް މީޑިއާގައި ތިމާއަކީ އަންހެނެއްކަމަށް ދައުވާކޮށް ފުލުފުލުގަ ވީޑިއޯ އަޅަމުންދާއިރު، މިކަމާ އެއްވެސް ދިވެއްސަކު ކަންބޮޑުވުންފާޅު ނުކުރެއެވެ. މިދިޔަ 5 އަހަރު ޔާޔާ މިފާޑަށް އުޅުނުތަން ނުފެންނަކަމަށް ހަދައިގެން އުޅުނު ނޫސްވެރިޔަކު މީޑިއާގައި މިކަން ހިއްސާކުރުމުން ފުލުހުންބުނީ މިހާރު ނަބީލްގެ އެކައުންޓް ސަސްޕެންޑު ކޮށް އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ޔާޔާ ނަބީލް އަކީ ސޯޝަލް މީޑިއާގައި ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވި މީހެއްނަމަވެސް އެމްޑީޕީ ސަރުކާރުގައި އިބޫ ސޯލިހުވަނީ އޭނާއަކީ މައުސޫމް ކުއްޖެއްކަމަށް ނިންމާ އޭނާ މިނިވަންކޮށްފައެވެ. މިއާއިއެކު އޭނާ މަޑުމަޑުން ހުރެފައި އެމްޑީޕީ އަޑީގައިތިބެ ގިނަ އަދަދެއްގެ ފައިސާ ދިނުމުން އެނބުރި އައިސް އެއަށްވުރެ ވަރުގަދަކޮށް، ފާޅުކަންބޮޑުކޮށް ލިވާތު ކުޅި ޕްރޮމޯޓްކުރަންވަނީ ފަށާފައެވެ.
މިކަމާގުޅިގެން ފުލުހުންގެ ތަރުޖަމާނު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.